ވ. އަތޮޅު ކުޑައަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ.
ރޯވެފައި ވަނީ "ޔަސްވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އެވެ. އެމްއެންޑިއެފުން ބުނީ އެ ސަފާރީގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައި ވަނީ މިއަދު އިރުއޮއްސި 6:48ގައި ކަމަށެވެ.
ނަމަވެސް އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
އެ ސަފާރީގައި ތިބި މީހުންގެ އަދަދާއި މީހަކަށް އަނިޔާވި ކަމެއް ވެސް މިހާތަނަކަށް ސާފެއް ނޫނެވެ.


