Tuesday, 28 July 2026
މާލެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ވަނީ ނުސާފުވެފައި.-- ފޮޓޯ: ރާއްޖެ24

ރާއްޖޭގެ ވައި ނުސާފުވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

"އައިކިއު އެއާ އެޕް"އިން ދައްކާގޮތުގައި، ވައި ނުސާފުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ވިލިމާލެއަށެވެ. މާލޭގެ އެއާ ޕޮލިއުޝަން އިންޑެކްސް 123 ގައި ހުރިއިރު، ވިލިމާލޭގެ މިންވަރު ހުރީ 163 ގައެވެ.

ވައި ނުސާފުވެފައިވާ މި ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ މުހިންމު އިރުޝާދުތަކެއް ނެރެފައެވެ. އޭގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތައް ހުންނަ މީހުންނާއި، އެލާޖީގެ މައްސަލަ ހުންނަ މީހުން ބޭރުގައި އުޅޭ އުޅުން މަދުކުރުން ހިމެނެއެވެ. އަދި ބޭރަށް ނުކުންނަ އިރު މާސްކު އެޅުމަށާއި، ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުން ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށް ވަނީ އަންގާފައެވެ.

‏އެޗްޕީއޭއިން އާންމުކޮށްފައިވާ ވައި ސާފު މިންވަރު ދައްކުވައިދޭ ޗާޓު

މީގެ އިތުރުން، ނުސާފު ވައި ގޭތެރެއަށް ވަނުން ހުއްޓުވުމަށްޓަކައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ބޭރުގައި ކަސްރަތު ކުރުމާއި ކުޅިވަރުގެ ހަރަކާތްތައް މަދުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ތުއްތު ކުދިން ގޭތެރޭގައި ބޭތިއްބުމަށް ވަނީ އިރުޝާދު ދީފައެވެ.

ނޭވާލާ ނިޒާމުގެ ބަލިތައް ނުވަތަ ހިތުގެ ބަލިތައް ހުންނަ މީހުންނަށް މީގެ ސަބަބުން ސީރިއަސް ސައިޑް އިފެކްޓްތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމުން، އެފަދަ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *