Tuesday, 28 July 2026
ރައީސް ނަޝީދު އާއި ރައީސް ޞޯލިހު

ރައީސް ނަޝީދު އާއި ރައީސް ޞޯލިހު ބައްދަލުކުރައްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށާއި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ދެ ބޭފުޅުން އެކުގައި މަސައްކަތްކުރައްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙް މިއަދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ ކުރީގެ ރައީސް ޞޯލިހް ހޯމަ ދުވަހު ކުޑަހުވަދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.

ކުރީގެ ރައީސް ޞޯލިޙް މިއަދު އެ ރަށުގެ އެމްޑީޕީގެ މެންބަރުންނާ އެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން އެންމެން އެކުގައި މަސައްކަތްކުރަން އެދިވަޑައިގެންފައެވެ.

އަދި  އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ނަޝީދާ ބައްދަލުކުރައްވާނެކަން އެމަނިކުފާނު އިޢުލާނުކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ޞޯލިހް ވަނީ ޕާޓީގެ އެއްބައިވަންތަކަން ވަރުގަދަ ކުރަން އެމަނިކުފާނަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *