Tuesday, 28 July 2026
މަސްޖިދުލްއީމާން

ހުޅުމާލެ ފޭސް 2 ގައި ބިނާކުރި "މަސްޖިދުލްއީމާން" އަންނަ ހުކުރު ދުވަހު ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެއް އަންނަ ހުކުރު ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އަލަށް ތަރައްޤީީވަމުން އަންނަ ފޭސް ދޭއްގައި ހުޅުވާ މި މިސްކިތަށް ދީފައިވާ ނަމަކީ، މަސްޖިދުލް އީމާންއެވެ.

ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވިގޮތުގައި މި މިސްކިތް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދާ އެކުގައެވެ. އަންނަ އަހަރުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭ ވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"ހުޅުމާލެ ފޭސް 2 ގައި ހެޔޮ އެދޭ ފަރާތަކުން ބިނާކުރާ މިސްކިތްމަސްޖިދުލްއީމާން އަންނަ ހަފްތާގައި އިންޝާ ﷲ ހުޅުވިގެންދާނެ" މިނިސްޓަރ ޝަހީމް

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަލަށް ހުޅުވާ މިސްކިތްތަކުގެ ތެރޭގައި މާލޭގެ މިސްކިތްތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތައްވެސް ހިމެނޭނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

އެގޮތުން، ހުޅުމާލެ ފޭސް 2 ގައި މިސްކިތް މަދުވުމުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށް އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށްވެސް މިހާރު ވަނީ ތައްޔާރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *