Tuesday, 28 July 2026

ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ހުއްޓުވައި، ހަތަރު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް، ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަނެއްގެ ތެރެއިން ރޭގައި މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކާއި، ވަޒީފާގެ ހުއްދަ ނެތި މަސައްކަތްކުރާ ބިދޭސީން ދެނެގަތުމަށް ޓާސްކް ފޯސްއިން ހިންގާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ހަތަރު މަސާޖު ޕާލަރުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް (އެމްއީޑީޓީ) އިން ވަނީ އަޅާފައެވެ. މި ފިޔަވަޅުތައް އެޅީ ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގަމުންދާކަން އެނގުމާ ގުޅިގެންކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *