ފުލުހުން ބުނީ ގަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކުގެ އިތުރުން، ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި، 'އޭ' ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ވެސް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ހުޅުމާލޭގެ ހުސްބިންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ހުރި އުޅަނދުތަކަށެވެ.
ފުލުހުން އިތުރަށް ބުނީ، ޓޯވކުރެވޭ އުޅަނދުތައް ގެންދިއުމުގައާއި އެ އުޅަނދެއް ބަހައްޓާފައި ހުންނަ ތަނެއްގައި ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށެވެ. އަދި ޓޯވކުރެވޭ އުޅަނދުތައް އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ، ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި 'އޭ' ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތަކުގެ ވެރިފަރާތްތަކަށް އަންނަ ޑިސެމްބަރު 5 ވަނަ ދުވަހުގެ 23:30 ގެ ކުރިން އެ ތަންތަނުން އުޅަނދުތައް ނެގުމަށް އިލްތިމާސްކޮށްފައެވެ.


