Tuesday, 28 July 2026

ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުންކުރަން ފަށައިފި

ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތްތައް ތިން ގުނަ އަވަސްކުރުމަށްޓަކައި ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ބޭނުންކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަމުގެ ސަބަބުން މި މަޝްރޫޢުގެ މަސައްކަތްތައް އިތުރަށް ހަލުއިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މާލެ ސަރަހައްދާއި އެކި ހިސާބުތަކުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތައް އަވަސްކުރުމަށް ބޮޑެތި ޑްރެޖަރުތަކެއް ގެނައުމަށް ސަރުކާރުން ނިންމެވީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މިގޮތުން މިހާތަނަށް ދެ ޑްރެޖަރު ގެނެސް މަސައްކަތް ފަށާފައިވާއިރު، އިއްޔެ ރައީސް ހާމަކުރެއްވި ގޮތުގައި ތިންވަނަ ޑްރެޖަރުވެސް ވަނީ ރާއްޖެ ގެނެސް މަސައްކަތް ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާ ޑްރެޖަރަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރުކަމަށްވާ ކްރިސްޓޮބަލް ކޮލޮން އެވެ. އެމަނިކުފާނު ވިދާޅުވީ މި ބިޔަ ޑްރެޖަރުގެ ސަބަބުން ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ގުނަ ހަލުއިވެގެންދާނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *