Tuesday, 28 July 2026

ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

މާލެއިން ހުޅުމާލެއަށް ދާ ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި ބޮޑު އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް ސީރިއަސް އަނިޔާވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:00 ހާއިރުއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދާ ލޭނުގައި، 4 ލޭން ނިމޭ ހިސާބުގައެވެ. އަނިޔާވި ދެ މީހުންގެ ތެރޭގައި ހިމެނެނީ ސައިކަލް ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެނަކާއި، ސައިކަލްގެ ފަހަތުގައި އިން 22 އަހަރުގެ އިންޑިއާ އަންހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ދެ މީހުންނަށް ވެސް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

ފުލުހުން އިތުރަށް ހާމަކުރިގޮތުގައި 28 އަހަރުގެ ފިރިހެން މީހާގެ ކަނާތު ކޮނޑުހުޅު ނެއްޓި، އެކިވަރުގެ ސީރިއަސް އަނިޔާ ލިބިފައިވެއެވެ. އަދި 22 އަހަރުގެ އަންހެން މީހާގެ ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ގޮސް އެކިވަރުގެ ސީރިއަސް އަނިޔާ ލިބިފައިވާކަމަށް ބުނެފައިވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ތަހުގީގެއް ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *