ދައުލަތުގެ ޕޭ ފްރޭމްވޯކަށް ދާދި ފަހުން ގެނައި ބަދަލާ އެކު މުސާރަ ކުޑަވެފައިވާ ކަމަށް ބުނެ ޝަރުއީ ދާއިރާގެ މުޗައްޒަފުން އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން މިއަދު ކަޅު ހެދުމުގައި އޮފީހަށް ނުކުމެއްޖެ އެވެ.
މައުލޫމާތު ލިބޭގޮތުގައި ހައިކޯޓާއި ޑްރަގު ކޯޓާއި ސިވިލް ކޯޓު އަދި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓުގެ އިތުރުން ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް މިއަދު އޮފީހަށް ނުކުތީ ކަޅު ހެދުމުގަ އެވެ.
މި އިހްތިޖާޖުގައި މާލޭގައި ހުންނަ ކޯޓްތަކުގެ އިތުރުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތައް ވެސް އަންނަނީ ބައިވެރިވަމުންނެވެ. އެނގިފައިވާ ގޮތުގައި ޖުޑިޝަރީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ދަނީ ރައީސް އޮފީހަށް މިއަދު ޕެޓިޝަނެއް ވެސް ހުށަހަޅަން ތައްޔާރުވަމުންނެވެ.
ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ޝަރުއީ ދާއިރާއާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނޭހެން 20،000 މުވައްޒަފުންގެ މުސާރަ މި މަހު ވަނީ ބޮޑު ކޮށްފައެވެ. މި އަހަރު މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާންކުރައްވާފައެވެ.
އެހެންނަމަވެސް، ޕޭ ހާމަނައިޒޭޭޝަންގެ ސަބަބުން އައި ބަދަލާ ގުޅިގެން ބައެއް ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވާކަމުގެ ކަންބޮޑުވުން މުވައްޒަފުން ދަނީ ފާޅުކުރަމުންނެވެ.


