Tuesday, 28 July 2026

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ގެއްލުނު މައްސަލައެއް ބަލަނީ

ފުލުހުންގެ ބެލުމުގައި ދަށުގައި ހުރި ސިނގިރޭޓި ކާޓަންތަކެއް ގެއްލުނު މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 32 ކާޓަންގެ ސިނގިރެޓް ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓަންގެ ސިނގިރެޓް މަދުވެފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ ކާޓަންތައް ގެއްލިފައިވާ ކަން ފުލުހުންނަށް އެނގުނީ، މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަމަށްވާއިރު، އެ ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މިދިޔަ މެއި 23ގައި، އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނައި ތަކެތި ކަމަށް ފުލުހުން ބުނެއެވެ.

އޭގެއިތުރަށް، އެ މައްސަލަ ތަހުގީގު ކުރަނިކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު 23ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި، 25 ކާޓަން ސިނގިރޭޓު މަދުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ކާޓަންތައް ވެސް ހުރީ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ.

އެހެހެންވެ މި ދެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިމައްސަލަތަކާއި ގުޅޭ އިދާރީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

އެނގިފައިވާ ގޮތުގައި، މެންޗެސްޓާ ބްރޭންޑުގެ 31 ކާޓަންގެ އެ ސިނގިރޭޓަކީ ފުލުހުން ތިލަފުށިން ހޯދާފައިވާ ތަކެއްޗެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *