Tuesday, 28 July 2026

ގްރޫޕް މާރަމާރީ ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ގްރޫޕް ހަދައިގެން މާރަމާރީ ހިންގަން އުޅުނު މައްސަލައެއްގައި ހަތިޔާރާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ގްރޫޕު މާރާމާރީގައި ހިމެނޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ މީހަކާއި އުމުރުން 34 އަހަރުގެ މީހެކެވެ.

މިމައްސަލައިގައި ހައްޔަރު ކުރީ ޝަމާހު މުސާދީދީ، 34، މާލެ ދަފްތަރު 1264 އާއި ހުސައިން ނަވީން، 19، އެވަލީޑް/ރ. އިންނަމާދޫ އެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ ހަތް ދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

މި ދެ މީހުންގެ ބަންދު އަމުރުން އެނގޭ ގޮތުގައި މި ދެ މީހުން ދުއްވާފައިދިޔަ ސައިކަލުގެ މަޑި ދަށުން ކަޓަރެއް ފެނިފައިވެއެވެ. މި ކަޓަރަކީ މީހެއްގެ ގަޔަށް ޖަހަން ގެންގުޅުނު އެއްޗެއް ކަމަށް އެ ތަނުން އެކަކު ސީނުގައި ބުނެފައިވާ ކަމަށް ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *