އަންނަ 2027ވަނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.
މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު ހަސަން ޒަހީރު ހުށަހެޅުއްވީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެކެވެ.
އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އާމްދަނީއަކީ 43.2 ބިލިއަން ރުފިޔާއެވެ. އެއީ ޓެކުހުގެ ގޮތުގައި 33.6 ބިލިއަން ރުފިޔާ، ޓެކްސް ނޫން ގޮތްގޮތަށް 9.1 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 349.3 މިލިއަން ރުފިޔާއެވެ.
މިނިސްޓަރު ޒަރީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އަމާޒަކީ ފަށާފައިވާ މަޝްރޫއުތަކުގެ %70 ނިންމުން ކަމަށެވެ. މިއީ ދައުލަތުގެ މާލީ ކެރިފޯރުންތެރިކަން ދަމަހައްޓާ، ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ބުރޫ ނާރާނެ، ގައުމުގެ ތަރައްގީ ކުރިއަށްގެންދެވޭނެ، އަދި ނަތީޖާ ނެރެވޭނެކަން ކަށަވަރުކޮށްދޭނެ ބަޖެޓެއް ކަމަށް ވިދާޅުވިއެވެ.


