Tuesday, 28 July 2026

ޑްރަގް އެޖެންސީ އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދޭ މައްސަލައެއްގެ މީހަކު ހައްޔަރުކޮށްފިި

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދޭ މައްސަލައެއްގެ ތުހުމަތުގައި އެންޑީއޭގެ ފަރުވާގައި ބައިވެރިވާ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ މުހައްމަދު ފަސީހު، 51، ސ. ފޭދޫ، އެވެ. އެ މީހާ ހައްޔަރުކުރީ އެންޑީއޭ އިން އެ މައްސަލަ ހުށަހެޅުމުންނެވެ.

ފުލުހުން ބުނީ މި މައްސަލަ އެންޑީއޭއިން އެ މުއައްސަސާއަށް ހުށަހެޅީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށާއި ފަސީހު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހާއަކީ އެންޑީއޭގައި ޕިއާ މެންޓާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *