Tuesday, 28 July 2026

މާލޭ ގެއެއްގެ ތެރޭގައި އަންހެންކުއްޖެއް ގަދަކަމުން ހިފަހައްޓާ އަނިޔާކުރި މީހާގެ ވަނަވަރު ހާމަކޮށްފި

18 އަހަރުގެ އަންހެން ކުއްޖެއް ގަދަކަމުން ހިފަހައްޓާ އަނިޔާކުރި މީހާ 15 ދުވަހަށް ބަންދުކޮށްފި

މާލޭގެ މާފަންނު ސަރަހައްދުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެން ކުއްޖަކު ހުއްދަ ނޫން ގޮތަކަށް ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހު 18:11 ހާއިރު ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެ، ހެންވޭރު ފޯ ސީޒަން، އަހުމަދު އަހިލް މުނާޒް (19އ) އެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައިކަމަށް ފުލުހުން ބުނެއެވެ.

އަހިލް މުނާޒް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *