Wednesday, 29 July 2026

ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ޒިންމާދާރު މަގާމެއްގައި ހުރި މީހަކު އޭނާ ރައްޓެހިވެގެން އުޅޭ އަންހެނެއްގެ ދެ އަންހެން ކުދިން ކުރިމަތީގައި ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަންހެން މީހާގެ ރުހުމުގައި ހިންގި މި އަމަލުގެ މަންޒަރު ދައްކައި، އެ ކުދިން ގްރޫމްކޮށްގެން ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 16 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏަސް، އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *