Wednesday, 29 July 2026

ނަފުސާނީ ބަލިތަކުގެ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖައްސަނީ

އަންނަ ޖަނަވަރީ އެކަކުން ފެށިގެން, ނަފުސާނީ ބަލިތަކުގެ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖައްސާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ އިއުލާނުކުރައްވައިފިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ނަފުސާނީ ބައްޔަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އެކަމަށް ކުރާ ފަރުވާތަކަށް މިއަދާ ހަމައަށް ވެސް އާސަންދަ ނުލިބޭ ކަމަށެވެ.

އެ ބަލިތަކަށް ކުރާ ފަރުވާ އާސަންދައިން އެއްކޮށް ނުކޮށްދޭތީ އެކަމާ ހައިރާންވެފައި ހުންނެވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އެކަން ނިމުމަކަށް ގެނެސް، އެކެއް ޖަނަވަރީން ފެށިގެން ނަފުސާނީ ބައްޔަށް ކުރާ ހުރިހާ ޚަރަދެއް އާސަންދައިން ކަވަރުވާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަންނަ އަހަރު ވަރަށް މަދު ކަމެއްގައި ނޫނީ ރާއްޖެ އިން ބޭރަށް ދާން ނުޖެހޭ ގޮތަށް ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް އަންނަ އަހަރު 500 މިލިއަން ރުފިޔާ، ހަރަކާތްތަކަށް 331 މިލިއަން ރުފިޔާއާއެކު ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖުމްލަ 831 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *