ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި، އެވޯޑު ޙާޞިލްކުރެއްވި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. ރެހެންދި އެވޯޑަކީ ދިވެހި އަންހެނުންގެ ޤައުމީ ތަރައްޤީގައި އަދާކުރާ މުހިންމު ދައުރު ފާހަގަކުރުމަށް ދޭ އެންމެ މަތީ އެވޯޑެވެ.
ރެހެންދި އެވޯޑަށް އެދި ހުށަހެޅުމަށް އޮންނަނީ މައިގަނޑު ދެ ކެޓަގަރީއެވެ. އެއީ ވަކި ވަކި އަންހެންނުންނާއި، ޖަމުޢިއްޔާ ޖަމާޢާތްތަކަށް އެވޯޑު ހުށަހެޅޭ ކެޓަގަރީއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓަގަރީއެވެ. ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގައި ހިމެނެނީ ލީޑަރޝިޕް އަދި ގަވަރނަންސް، އިޤްތިޞާދީގޮތުން ބާރުވެރިކުރުވުން، އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން- ޓްރެޑިޝަނަލް ރޯލްސް" ގެ ދާއިރާއެވެ.
2024 ވަނަ އަހަރުގެ ރެހެންދި އެވޯޑު ޙާޞިލުކުރެއްވި ފަރާތްތައް
2024 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް 22 ފަރާތަކުން ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން 5 ފަރާތަކުން ވަނީ މި އެވޯޑު ޙާޞިލުކޮށްފައެވެ. މި ހުރިހާ ފަރާތްތަކަކީ ވެސް އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން އެވޯޑު ޙާޞިލުކުރެއްވި ފަރާތްތަކެވެ.
- އަލްއުސްތާޛާ މަރްޔަމް އިނާޝާ، ކ. ކާށިދޫ، މާވިން
- އަލްފާޟިލާ މަރްޔަމް މުރުޝިދާ، ތ. ވިލުފުށި، ތަނޑިރަތްމާގެ
- އަލްފާޟިލާ އަސްމާ ޙަސަން، ހދ. ކުޅުދުއްފުށި, ހިކިފިނިފެންމާގެ
- އަލްފާޟިލާ ޢާއިޝަތު ޠާއިފާ، ހދ. ކުޅުދުއްފުށި، ޓޯޓަލްގެ
- ވިމެންސް އެންހޭސްމަންޓް (ވީ)، ލ.ފޮނަދޫ، ފުރުއްމާގެ
2025 ވަނަ އަހަރުގެ ރެހެންދި އެވޯޑު ޙާޞިލުކުރެއްވި ފަރާތްތައް
2025 ވަނަ އަހަރަށް 28 ފަރާތަކުން ކުރިމަތިލާފައިވާއިރު، 10 ފަރާތަކަށް ވަނީ އެވޯޑު އަރުވާފައެވެ. މި ފަރާތްތަކުގެ ތެރެއިން 6 ފަރާތަކުން އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން އެވޯޑު ޙާޞިލުކުރެއްވިއިރު، ލީޑަރޝިޕް އަދި ގަވަރނަންސްގެ ދާއިރާއިން 2 ފަރާތަކުން، އާންމުކޮށް އަންހެނުންކޮށް ނޫޅޭ މަސައްކަތުގެ ދާއިރާއިން 1 ފަރާތަކުން އަދި އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާއިން 1 ފަރާތަކުން ވަނީ އެވޯޑު ޙާޞިލުކޮށްފައެވެ.
އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- އަލްފާޟިލާ އާޢިޝަތު ހުސައިން، އަތަމާގެ، ގއ.ކަނޑުހުޅުދޫ
- އަލްފާޟިލާ އާމިނަތު އާދަމް ކޮއި، ދަފްތަރު ނަމްބަރު އާރް،އެސް 2823 / މާލެ
- ޑރ. ރުޚުޝާނާ އަހުމަދު، މ.ހުދުކާނޭޝަން/ މާލެ
- އަލްފާޟިލާ ސަފާތު އަހުމަދު ޒާހިރު، ހުޅުމާލެ ގޯތި 10228، /ހުޅުމާލ
- އަލްފާޟިލާ ސަމީނާ އިބްރާހިމް، ދޫރެސް / ތ.ވިލުފުށި
- އަލްފާޟިލާ ޘުރައްޔާ އިބްރާހީމް، މުރިނގު / ތ.ކިނބިދޫ
ލީޑަރޝިޕް އަދި ގަވަރނަންސްގެ ދާއިރާ
- އަލްފާޟިލާ އާމިނަތު ރީމާ ރަޝީދު، ހ.ލައިޓްސްޓަރ/ކ.މާލެ
- އަލްފާޟިލާ އާމިނަތު ސޫޒަން ، ހ.ފަހަލަ/ ކ.މާލެ
އާންމުކޮށް އަންހެނުންކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ
- އަލްފާޟިލާ ޒަހިއްޔާ މުޙައްމަދު، މުރީދުގެ / އއ.އުކުޅަސް
އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާ
- އަލްފާޟިލާ އާއިޝަތު ވަހީދާ، ފަރިމާގެ / ސ. ފޭދޫ
ރެހެންދި އެވޯޑަކީ ދިވެހި މުޖުތަމަޢުގެ ތަރައްޤީއަށް އަންހެނުން ކުރާ މަސައްކަތްތަކަށް ހިތްވަރުދީ، އެކަމުގެ އަގު ވަޒަންކުރުމަށް ދެމުން އަންނަ އެވޯޑެކެވެ.


