Wednesday, 29 July 2026

ރާއްޖެއިން އަބަދުވެސް ފަލަސްތީނާއެކު ސާބިތުވެ ދެމިއޮންނާނެ: ރައީސް

ރާއްޖޭން އަބަދުވެސް، ފަލަސްތީނާއެކު ސާބިތުވެ އޮންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފަލަސްޠީންގެ މިނިވަން ދުވަހުގެ މުނާސަބާގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި ރައީސް ވިދާޅުވީ، ފަލަސްތީނުން އަމިއްލަ ދައުލަތެއް ގާއިމުކުރުމަށާއި އަމިއްލައަށް ގޮތް ނިންމުމުގެ ހައްގު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖޭން އަބަދުވެސް އެ ގައުމާއި އެ ގައުމުގެ ރައްޔިތުންނާއެކު ދެމިއޮންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައެޅިގެން ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ކުޑަވެސް ފަސް ޖެހުމެއް އޮވެގެން ނުވާނެކަމަށް ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮވާލާ ކަމަށެވެ.

އަދި ރައީސް ވަނީ، ދުވަހުގެ ތަހުނިޔާ ފަލަސްތީނުގެ ރައީސް ޑރ. މަޙުމޫދޫ އައްބާސަށާއި އެ ގައުމުގެ ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *