Tuesday, 28 July 2026

ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު 16 މީހަކު ހައްޔަރުކޮށްފި

ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމަތާކާ ގުޅިގެން ގއ. އާއި ގދ. ގައި ހިންގި އޮޕަރޭޝަނެއްގައި 16 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި އެ މީހުން ހައްޔަރުކުރީ ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި މަހުގެ 2 އިން 13 އަށް ގއ. އަދި ގދ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ ގއ. މާމެންދޫން ހައްޔަރުކުރި ހަތް ފިރިހެނަކާއި އަންހެނަކާއި ގދ. ވާދޫން ހައްޔަރުކުރި ފަސް ފިރިހެނަކާއި މާލެ އިން ހައްޔަރުކުރި ތިން މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތިން މީހެއްގެ ބަންދަށް 30 ދުވަސް އަދި ހަ މީހެއްގެ ބަންދަށް 15 ދުވަސް ދީފައި ވެ އެވެ. އަދި އެކެއްގެ ބަންދަށް 18 ދުވަސް އަދި އިތުރު އެހެން މީހެއްގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ސައުތު ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި 18 ގެއަކާއި ގެސްޓް ހައުސަކާއި އޮފީހަކާއި ފަޅު ރަށެއްގެ އިތުރުން، ދެ ހުސްބިމާއި ދެ ކާރާއި ފަސް ސައިކަލު ބަލާފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެންގެވުމަކަށް ބުރާސްފަތި ދުވަހުގެ ފަތިހު 5:30 ގައި މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ހާއްސަ އޮޕަރޭޝަންގައި އެ ދުވަހުގެ މެންދުރާ ހަމައަށް 97 މީހަކު ވަނީ ހައްޔަރުކުރި އެވެ. "އޮޕަރޭޝަން އަލިމަގު" ގައި ހައްޔަރުކުރި އެ އެންމެންނަކީ މަސްތުވާތަކެތި ވިއްކުމުގައި އުޅޭ ބައެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *