Tuesday, 28 July 2026

މި ސަރުކާރުގެ ތަރައްޤީގެ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރިއަށް ދަނީ ހަލުވިކޮށް: ރައީސް

މި ސަރުކާރުގެ ތަރައްޤީގެ ވައުދުތައް ފުއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ރާއްޖޭގެ ކޮންމެ ރަށަކުންވެސް ތަރައްޤީގެ އާ މަޝްރޫޢުތައް ފެށި، ނިމިގެންދާ މަންޒަރު ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މިރައީސް މިހެން ވިދާޅުވީ މާލެ އަތޮޅު ގުޅީގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމިކަން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައެވެ.

ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި ސަރުކާރުގެ ނަޒަރުގައި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް ކަމަށެވެ. އެހެންކަމުން، އެ ރަށެއްގެ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން މި ސަރުކާރުން ފެށި، އެއްބަސްވުންތަކުގައި ސޮއިކުރެވި، އަދި ނިމިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ވަޢުދުތައް ފުއްދުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަކީވެސް، އަޅުގަނޑު ކުރިމަތީގައި މި ސަރުކާރުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތުންނޭ، އެރަށެއްގެ ރައްޔިތުންނަށް ކޮށްދޭން އޮތް ކަމެއްވިއްޔާ މިގޮތުގައި ކުރިއަށްގެންދާނެ، ކަންކަން ފެށި ނިމި ސޮއިކުރެވި، ކޮންމެ ރަށެއްގައިވެސް ފެނިގެންދާނެ، ކަންކަން ހިނގަމުންދާ ތަން ނިމެމުންދާތަން، އާ މަޝްރޫޢުތައް ފެށޭތަން." ރައީސް ވިދާޅުވިއެވެ.

ރައީސްވަނީ ގުޅީގައި ހިއްކުނު ބިމަކީ ރަށުގެ ތަރައްޤީގެ ގިނަ ކަންކަމަށް މަގުފަހިކޮށްދޭނެ މުހިންމު ބިންގަލެއްކަން ފާހަގަކުރައްވާފައެވެ. ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އިޖުތިމާޢީ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އެމަނިކުފާނު ޔަޤީންކަން ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *