Tuesday, 28 July 2026

ލަންކާގެ ބޯޓަކުން 355 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނުން: ޝަރީއަތް ނިމެންދެން 5 މީހުން ބަންދުކޮށްފި

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް (އީއީޒެޑް) ހުއްދަނެތި ވަދެ، އެމްއެންޑީއެފް އިން ހިފެހެއްޓި ސްރީލަންކާގެ މަސް ބޯޓެއްކަމަށް ބެލެވޭ "އަވިޝްކާ ޕުތާ" އިން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ މައްސަލައިގައި ހައްޔަރުކުރި 5 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

ފުުލުހުން ހާމަކުރިގޮތުގައި މި މައްސަލަ ދިވެހިރާއްޖޭގެ ގުޅުންހުރި ގާނޫތަކުގެ ދަށުން، ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނިގޮތުގައި، މި ބޯޓު ހިފަހައްޓާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންނެވެ. ބޯޓު ފުލުހުންނާ ހަވާލު ކުރުމަށްފަހު ބަލައި ފާސްކުރިއިރު، ވަގުތީ ބަރުދަނުގައި 355 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.

ފުލުހުން އިތުރަށް ހާމަކުރިގޮތުގައި މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް މިހާރުވެސް ތަހުގީގުގައި ބައިވެރިވާ އިދާރާތަކާއެކު ދަނީ ކުރިއަށެވެ. އަދި ތަހުގީގު ފުރިހަމަ ކުރުމަށްފަހު، ދައުވާ ކުރުމަށްޓަކައި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *