ސަރުކާރުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ 2.7 ބިލިއަން ރުފިޔާގެ ބޮޑެތި މަޝްރޫއުތަކެއް އަމިއްލަ 53 ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ. ޖުމްލަ 206 މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާސެލާސް ނަސަންދުރަ ހޮޓެލްގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ މަޝްރޫއުތައް ނިސްބަތްވާ މިނިސްޓްރީތަކުގެ ވެރިންނެވެ.
މި ޕީއެސްއައިޕީ މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ. މިއަދު ހަވާލުކުރެވުނު 206 މަޝްރޫއުތައް ބެހިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނަ މަޝްރޫއު ހަވާލުކޮށްފައިވަނީ ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓްރީއާ ގުޅުންހުރި ދާއިރާއިންނެވެ. އެގޮތުން، މި މިނިސްޓްރީގެ ދަށުން 52 މަޝްރޫއު އަމިއްލަ ފަރާތްތަކާ ވަނީ ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން، އެހެން މުހިންމު ދާއިރާތަކުގެ މަޝްރޫއުތައް ވެސް ހިމެނެ އެވެ. ހޯމްލޭންޑް ސެކިއުރިޓީއާ ގުޅޭ 39 މަޝްރޫއު، އަދި އެޑިއުކޭޝަން ދާއިރާގެ 26 މަޝްރޫއު އާއި ހެލްތް ދާއިރާގެ 26 މަޝްރޫއު ހަވާލުކުރެވިފައިވެ އެވެ. ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީއާ ގުޅޭ 24 މަޝްރޫއު ވެސް ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެ އެވެ. އިސްލާމިކް އެފެއާޒްގެ 14 މަޝްރޫއުއާ އެކު، ކޮންސްޓްރަކްޝަން މިނިސްޓްރީގެ 13 މަޝްރޫއު ވެސް މިއަދު ވަނީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.
ހަޔާ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް މިނިސްޓްރީގެ ފަސް މަޝްރޫއުއާއި، ފިޝަރީޒްގެ ދެ މަޝްރޫއު އަދި ޔޫތު އެންވަޔަރަންމަންޓް އެންޑް އާޓްސްގެ އެއް މަޝްރޫއު ވެސް މިއަދު ހަވާލުކުރެވުނު ލިސްޓުގައި ހިމެނެ އެވެ. މި


