ވަގަށް އެތެރެކުރުމުން ކަސްޓަމްސް އިން ހިފަހައްޓައި ހުޅުމާލޭ ޕޯޓްހައި ބަހައްޓާފައި ހުއްޓައި ވަގަށް ނެގި ދެ ސިނގިރޭޓް ކޮންޓެއިނަރުގެ މައްސަލައިގައި ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހުންގެ ވަނަވަރާއި ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.
މި މައްސަލައާއި ގުޅިގެން ފަހުން ހައްޔަރުކޮށްފައިވަނީ 3 މީހުންނެވެ. އެއީ:
1- އަހުމަދު ޝަމީމް- ހދ. ވައިކަރަދޫ، ނޫރަލީގެ (42 އަހަރު)
2- އަހުމަދު ފިރުސާން- ހ. ރުމޭނިއާ (35 އަހަރު)
3- ހުސައިން ސާމިހް- އައްޑޫ ހިތަދޫ، ޗާންދަނީގޭ (35 އަހަރު)
މި ތިން މީހުންނަކީ ވެސް އެމްޕީއެލްގެ މުވައްޒަފުންނެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަހީމާއި ސާމިހު 7 ދުވަހަށް އަދި ފިރުސާން 5 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެ މައްސަލައިގައި ކުރިން ހައްޔަރުކުރި މުހައްމަދު ވަހީދު (ދިގަލި) ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ.
އެހެންކަމުން މި މައްސަލައިގައި ހައްޔަރުކުރި ޖުމްލަ މީހުންގެ އަދަދު ވަނީ ނުވައަކަށް އަރައިފައެވެ.


