ނޮވެންބަރު މަހުގެ 2 ވާ އަދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
އެ އޮފީހުން ވިދާޅުވީ، ރައީސް އެ ފަދައިން ނިންމެވީ މުވައްޒަފުންނަށް މެދުކެނޑުމެއްނެތި ޗުއްޓީ ދެއްވުމަށް ކަމަށެވެ.
އެހެންވެ، މި މަހުގެ ފަހު ދުވަސް ކަމަށްވާ ހުކުރު ދުވަހުން ފެށިގެން ނޮވެންބަރު ތިންވަނަ ދުވަސް ވެސް ބަންދުވާނެއެވެ. އެއީ، ސަރުކާރު މުވައްޒަފުންނަށް ޖުމުލަ ހަތަރު ދުވަހުގެ ބަންދެކެވެ.
އެ ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ ނޮވެންބަރު ހަތަރެއްވާ އަންގާރަ ދުވަހެވެ.


