Tuesday, 28 July 2026

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހުޅުމާލޭން އިން މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތަށް އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި އެ މީހާއަކީ ޓީޗަރެކެވެ.

އާންމުގޮތެއްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުށަހަޅާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ފުރިހަމަ ވަނަވަރެއް ފުލުހުން ހާމަ ނުކުރެއެވެ. ނަމަވެސް ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *