ސ. ހިތަދޫގައި ދެމަފިރިއަކު އެއްތަނެއްގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ އެ ދެމަފިރިން ދިރިއުޅެމުން އައި ގޭގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ދެމަފިރިން ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެ ގޭގެ ކޮޓަރި ތެރެއިންނެވެ. އަދި މި ދެމަފިރިންގެ ހަށިގަނޑު މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމަފިރިން އެ ގެއަށް ބަދަލުވެފައިވަނީ ވަރަށް ފަހުންނެވެ. އަދި އެއީ އަލަށް ހަދާ ނިންމާފައިވާ ގެއެއް ކަމަށްވެސް މަުއލޫމާތު ލިބެއެވެ.


