Tuesday, 28 July 2026

ހުޅުމާލެއިން ބާދަނޑުގެ ވިޔަފާރިކުރާ 14 ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ބާދަނޑުގެ ވިޔަފާރިކުރާ ތަންތަނަށް އަމާޒުކޮށް މިދިޔަ އާދީއްތަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 14 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނުގައި ޖުމުލަ 21 މީހަކު ޗެކުކުރި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެފަދަ ފަރާތްތައް ޑިޕޯޓުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ. އެގޮތުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައެވެ.

އިމިގްރޭޝަނުން ކުރިން ބުނެފައިވަނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރެވޭ ފަރާތްތައް ވަގުތުން ޑިޕޯޓުކުރާނެ ކަމަށެވެ. ނަމަވެސް ފަހުން ވަނީ އިތުރު ފުރުސަތެއް ދޭން ނިންމާފައެވެ. އަދި މިހާރު ހޯމް މިނިސްޓްރީން ދަނީ "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *