ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ދާއިމީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެ ޕާޓީން ކުރި އިއުލާނެއްގައި ވަނީ ޕާޓީގެ ދާއިމީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު، ހުޅުވާލާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން، ޕާޓީގެ ރައީސާއި ނައިބު ރައީސުންގެ މަގާމަށް ދެ ބޭފުޅަކާއި އަމީންއާންމާއި ރަޖިސްޓްރާ އަދި ޚަޒާންދާރު އިންތިޚާބު ކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ޕީއެންއެފްގެ ސެނެޓަށް 14 މެންބަރަކުވެސް އިންތިޚާބު ކުރުމަށް ވަނީ ނިންމާފައެވެ.
އަދި ދާއިމީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 ޖެހުމާ ހަމައަށް ހުޅުވާލައިފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ޕީއެންއެފުން ބުނެފައިވާ ގޮތުގައި، ދާއިމީ މަގާމުތަކުގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ މި މަހުގެ 30ވަނަ ދުވަހުއެވެ. ޕާޓީގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ ޕާޓީގެ އާންމު ޖަލްސާގެ ތެރެއިންނެވެ.
ވެރިކަމަށް ޕީއެންސީ އައިތާ ހަފުތާއެއް ނުވެ، ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާދެއްވައި، އާ ޕާޓީއެއް އުފައްދަވައިފައެވެ. އެގޮތުން، ޔާމީން އިސްވެ ޕީއެންއެފް އުފައްދަވައި، އެ ޕާޓީ ރަޖިސްޓްރީކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25ވަނަ ދުވަހެވެ.


