Tuesday, 28 July 2026

އެއްފަހަރާ 623 މީހުން ފީނައިގެން ރާއްޖެއިން ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި

ބ. އަތޮޅު ކައުންސިލާއި ފްރީޑައިވް މޯލްޑިވްސް ގުޅިގެން "ބާނި" ގެ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މީހުން ފީނައިގެން ދުނިޔޭގެ އައު ރެކޯޑެއް ގާއިމުކޮށްފި އެވެ.

މި ރެކޯޑު ގާއިމުކޮށްފައިވަނީ ބ. އަތޮޅު ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި އެއްފަހަރާ 623 މީހުން ފީނައިގެންނެވެ. މި ހަރަކާތަށްފަހު މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި ދުނިޔޭގެ ރެކޯޑު ހެދިކަމުގެ ލިޔުން ގިނަސް ވޯލްޑް ރެކޯޑުގެ ފަރާތުން ވަނީ ބ. އަތޮޅު ކައުންސިލާ ހަވާލުކޮށްފައެވެ. އެ ލިޔުމާ ކައުންސިލުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް އަހުމަދު އަފްރާހެވެ.

ބ. އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމާއެކު، ބ. އަތޮޅަކީ ފަތުރުވެރިކަމުގެ ދާއިރާއިން ޝައުގުވެރި އެތައް ކަމެއް ހުރި އަތޮޅެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބ. އަތޮޅަކީ މިހާރުވެސް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި މަޝްހޫރު އަތޮޅެކެވެ. މި ރެކޯޑާއެކު އެ އަތޮޅުގެ ނަން އިތުރަށް މަޝްހޫރުވެގެން ދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *