Tuesday, 28 July 2026

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

އައްޑޫ ހަންކެޑެ ބްރިޖުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި، 24 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި މަރަދޫ އިން ހިތަދު އަށް ދުއްވާފައި ދަނިކޮށް ބްރިޖު ބެންޑު ހިސާބުން ސައިކަލު ކޮންޓްރޯލް ނުވެ، ބްރިޖުގެ ފެންސުގައި ޖެހިގެން ކަމަށެވެ.

ލިބިފައިވާ މަޢުލޫމާތުން އެނގޭގޮތުގައި، ނިޔާވި ޒުވާނާއަކީ އައްޑޫގައި ބޭއްވި ރޭސިން މުބާރާތެއްގައި ބައިވެރިވުމަށް މާލެއިން ގޮސްފައިވާ ފަރާތެކެވެ. އެކްސިޑެންޓް ހިނގީ ބްރިޖުގައި ރޭސިން ޖަހަމުންދަނިކޮށެވެ. މި އަހަރުގެ ކުރީކޮޅު ހުޅުވުނު ބްރިޖުގައި ހިނގާފައިވާ ފުރަތަމަ އެކްސިޑެންޓަކީ މިއީއެވެ.

މި ހާދިސާ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *