Tuesday, 28 July 2026

ށ. އަތޮޅުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ށ. އަތޮޅު ފުނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު އެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޚިދުމަތް ފެށުމާއެކު އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓްތައް ށ. އަތޮޅުން ނެގުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މިހާތަނަށް ރާއްޖޭގެ ނުވަ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ވަނީ ފަށާފައެވެ. އަދި މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ވެސް މި ޚިދުމަތް މިހާރު ވަނީ ލިބެން ފަށާފައެވެ.

އިމިގްރޭޝަނުން ވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަމާޒު ހިފާފައެވެ. މިއީ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޚިދުމަތް ލިބިގަތުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *