Tuesday, 28 July 2026

މީކާއިލް ނަސީމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި

މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރަށްވަމުން ގެންދެވުމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.

މަޖިލިހުގެ ޖަލްސާގައި އިހްސާން ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލިހަށް ހާޒިރުވުމުން މީކާއިލް ވަނީ އަޑުގަދަ ކުރައްވައި ގިނަ އަދަދެއްގެ ނިޒާމީ މައްސަލަތަކެއް ނަންގަވައިފައެވެ. މީކާއިލްގެ މައިގަނޑު ޝަކުވާއަކަށްވީ އިހްސާން ތަފާތު ތުހުމަތުތައް އެހެން ބޭފުޅުންނަށް ކުރައްވަމުން ގެންދަވާތީއެވެ.

އެގޮތުން ވަޒީރުގެ ވާހަކަފުޅަށް ހުރަސް އެޅޭފަދަ ގޮތަށް މީކާއީލް ޢަމަލު ކުރަށްވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ އެގޮތަށް އެކަން ނުކުރެއްވުމަށް މީކާއީލަށް ދަންނަވާފައެވެ. ނަމަވެސް މީކާއީލް ވަނީ ތަކުރާރުކޮށް ތަޅުމުގައި އަޑުގަދަ ކުރަށްވާފައެވެ.

އޮންނަ އުސޫލުގެ ތެރެއިން ނިޒާމީ ނުކުތާ ނަންގަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެންދެވީ މީކާއިލް އަށް ނަސޭހަތްތެރިވަމުންނެވެ. އެކަމަކު އެގޮތަށް އަމަލުނުކުރެއްވުމުން ރިޔާސަތުން ވަނީ މީކާއިލްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފަ އެވެ.

"އަޅުގަނޑު ތަކުރާރުކޮށް 3 ފަހަރު ނަސޭހަތް ދީފިން" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއަދު މަޖިލީހުގެ ތަޅުމުން މީކާއިލް ބޭރުކޮށްފައި ވަނީ އަމިއްލައަށް ނިކުމެ ވަޑައިނުގެންނެވުމުން މަޖިލީހުގެ ސެކިއުރިޓީން މެދުވެރި ކޮށްގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *