Tuesday, 28 July 2026

އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު ކާނާ ވިހަވެގެން ފަރުވާދެނީ

ހުޅުމާލެ 2 ގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު ކާނާ ވިހަވެގެން އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ދެންމެބުނީ، ހުޅުމާލެ ފޭސް 2 ގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު މިރޭ ކާނާ ވިހަވެގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

 

އެހެންވެ އެ ތަނުގައި ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ސަމާލުކަމަށް ވެސް އެ މައްސަލަ އައިސްފައިވާއިރު، އިމިގްރޭޝަނުން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ. ނަމަވެސް އެ ކަން ހިނގި ގޮތް އަދި ސާފެއް ނުވެ އެވެ.

އިމިގްރޭޝަންގެ މީޑިއާ އިން ބުނީ، މި ވަގުތު 17 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

"މިކަމުގައި އަސަރު ކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ ކަންތައް،" އިމިގްރޭޝަނުން "އެކްސް" ގައި ބުންޏެވެ.

އަދި އިމިގްރޭޝަނުން މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުންދަނީ އެ މީހުންނަށް ދޭންޖެހޭ ފަރުވާ ދިނުމަށްކަމަށް ވެސް ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *