Tuesday, 28 July 2026

ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ އިންޑިއާގައި ބަނދެފި

އަޖުމަ ބެލުމަށް ރާއްޖެއިން ފުރަތަމަ ފަހަރަށް ބަންނަ، ތިމާވެއްޓާ ރައްޓެހި، ސޯލާ ފެރީ އަންނަ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް އެ ފެރީ ބަންނަ ކުންފުނި، އިންޑިއާގެ ނޭވަލްޓް ކުންފުނިން ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނޭވަލްޓްގެ ސީއީއޯ ސަންދިތް ތަންދަޝްރީ ވިދާޅުވީ 5 ކްރޯޑު ރުޕީސް (10.3 މިލިއަން ރުފިޔާ) އަށް ބަނދެފައިވާ ފެރީ ގައި 75 ޕަސެންޖަރުންގެ ޖާގަ ހުންނާނެ ކަމަށެވެ.

އެ ފެރީގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު ސަންދިތު ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ މި ފެރީ ރާއްޖެއަށް ދަތުރު ފަށާނެ ކަމަށެވެ. މިއީ މާލޭ ސަރަހައްދުގެ ފެރީގެ ހިދުމަތުގައި ބޭނުންކުރަން ބަންނަ އުޅަނދެކެވެ.

"މި އުޅަނދު ބަންނަން އޯޑަރު ލިބުނީ ރާއްޖޭގެ ފިނޭންސް މިނިސްޓްރީގެ ފަރާތުން. ބޯޑުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައި. އެތެރޭގެ ބައެއް މަސައްކަތްތަކާއި ޕެއިންޓިންގެ މަސައްކަތްތައް މިހާރު ކުރަމުން މިދަނީ. އެ މަސައްކަތް ވެސް މާޗު މަހުގެ ނިޔަލަށް ނިމޭނެ،"

ސޯލާ ހަކަތައާއި ބެޓެރީ ބޭނުންކޮށްގެން ދުއްވާ ކަޓަމަރާން ޕެސެންޖަރ ފެރީއެއް ބަނދެދޭނެ ފަރާތެއް ހޯދަން ނިމިގެން ދިޔަ ސަރުކާރުގައި 2022 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ވެސް އިއުލާންކުރި އެވެ. ނަމަވެެސް އެ މަޝްރޫއަށް ފަހުން ވީގޮތެއް ސާފެއް ނުވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *