ލޯކަލް ގަވަމެންޓް މިނިސްޓްރީން މިކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، "މި ނިޒާމުގެ ތެރެއިން ވަކި ރެއަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެއެއްގައި އެ މަރުކަޒުން އެ ބޭފުޅަކަށް މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ" ކަމަށެވެ.
13 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރާނެ!
މާލެ ސަރަހައްދުގައި ޖުމުލަ 13 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، މިފްކޯ މައި އިމާރާތާއި އެމްޓީސީސީ ސޯމިލުން އެންމެ ގިނަ އަދަދެއްގެ ޓޯކަން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ ތަނުން ކޮންމެ ދުވަހަކުވެސް 200 ޓޯކަން ދޫކުރާނެއެވެ.
މަސްދަޅު ދޫކުރާ މަރުކަޒުތަކާއި ދޫކުރާ ޓޯކަންގެ އަދަދު:
- މިފްކޯ މައި އިމާރާތް- 200 ޓޯކަން
- އެމްޓީސީސީ ސޯމިލް- 200 ޓޯކަން
- ހެންވޭރު ދަނޑު- 100 ޓޯކަން
- ގަލޮޅު ދަނޑު (ސެޓަޕް 1) 50 ޓޯކަން
- ގަލޮޅު ދަނޑު (ސެޓަޕް 2) 50 ޓޯކަން
- ގަލޮޅު ދަނޑު (ސެޓަޕް 3) 50 ޓޯކަން
- ގަލޮޅު ދަނޑު (ސެޓަޕް 4) 50 ޓޯކަން
- ސޯޝަލް ސެންޓަރު- 100 ޓޯކަން
- ވިލިމާލެ، ވެމްކޯ ސައިޓް- 100 ޓޯކަން
- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގް- 100 ޓޯކަން
- ހުޅުމާލެ، ޕޮލްކޯ ޓަވަރު (ސީ ބްލޮކް) 100 ޓޯކަން
- ހުޅުމާލެ ހިޔާ ޓަވަރު 10- 100 ޓޯކަން
- ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލް- 100 ޓޯކަން
ރޭގަނޑު ގަޑީގައި މަސްދަޅު ދޫކުރަނީ!
ހޫނުގަދަ މޫސުމަށް ރިއާޔަތްކޮށް، މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑު ގަޑީގައެވެ. އެގޮތުން މި މަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00 އިން 12:00 އަށް މަސްދަޅު ކޭސް ދޫކުރެވޭނެއެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށް ނިމެންދެން މި މަސައްކަތް ކުރިއަށް ގެންދާނެއެވެ.
އޮންލައިން ޓޯކަން ނިޒާމުގެ އިތުރު ތަފްސީލު އަދި ފަހުން އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.


