Tuesday, 28 July 2026

6 ރަށަކަށް ބޭރުގެ ޤުރުއާން ހިތުދަސް ޤާރީން ފޮނުވަން ނިންމައިފި

ޤުރުއާން އުނގަންނައިދޭނެ ޤާރީންގެ ދަތިކަން ދިމާވެފައިވާ 6 ރަށަކަށް، ރާއްޖެއިން ބޭރުގެ ޤުރުއާން ހިތުދަސް ޤާރީން ގެނައުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓރްީން ހާމަކުރިގޮތުގައި މިއަދުގެ ވަގުތެއްގަިއ އެ ޤާރީން މާޅެ އަންނާނެއެވެ. އަދި މި ޤާރީން މަސައްކަތް ކުރައްވާނީ އެ ރަށްތަކުގެ ޤުރުއާން މަރުކަޒުގެ ގޮފިތަކުގައި ކިޔަވައިދިނުމުގެ އިތުރުން މިސްކިތްތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތައް ހިންގުމުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރިގޮތުގައި މި މަސައްކަތް ކުރިއަށްދާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުންނެވެ. އަދި މި މުދައްރިސުންނަށް މުސާރަ ދެވޭނީ ޤުރުއާން މަރުކަޒު މެދުވެރިކޮށް ޒަކާތު ފަންޑުގެ ފީ ސަބީލިﷲ ބައިން ކަމަށާއި، މި މަޝްރޫޢު ކުރިއަށްދާނީ އެ ރަށްތަކުގައި ޤުރުއާން އުނގަންނައިދޭނެ ރަށުގެ މީހުން އުފެދެންދެންކަމަށް މިނިސްޓްރީން ބުނެއެވެ.

ރައީސް ޑރ. މުހައްމަދުމުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެއްގެ ގޮތުގައި ހިލޭ ސާބަހަށް ޤުރުއާން އުނގަންނައިދިނުން ފުޅާކުރުން ހިމެނެއެވެ. އަދި މި ދަތިކަން ކުރިމަތިވެފައިވާ ހުރިހާ ރަށެއްގައި މި ދައުރުގައި މިކަން ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މީގެ އަހަރުތަކެއް ކުރިން ބޮޑެތި މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީޙް ކުރުމަށް ގިނަ ފަހަރު މަތިން ބޭރުގެ ޤާރީން ގެންނަން ޖެހިފައިވީ ނަމަވެސް، ހާފިޒުން އުފެއްދުމުގެ މަޝްރޫޢުތަކުން މިހާރު ވަނީ ހެޔޮ ނަތީޖާ ފެންނަން ފަށާފައެވެ.

މިގޮތުން، މިހާރު ރާއްޖޭގައި މަސައްކަތްކުރައްވާ ޒުވާން ޙާފިޒުންގެ ތެރެއިން ގިނަ ބައެއް ވަނީ އިސްލާމިކް މިނިސްޓްރީގެ 500 ހާފިޒުންގެ މަޝްރޫޢުން ދަސްވެނިވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *