މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ކުރިއެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަަށް ހަމަޖައްސައިފި އެވެ.
ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި 2022 ގެ މާޗު މަހުގެ 6 އެއްގައި އެކަމާ ބެހޭ ދެންނެވުމެއް ނެރުއްވައިފައިވެ އެވެ.
ރޯދަ މަހުގެ މަސައްކަތު ގަޑި ކަނޑައެޅި އިރު މިދިޔަ ރޯދަ މަހެކޭ އެއް ފަދައިން މި ރޯދަ މަހުގައިވެސް ފަހު 10 ދުވަސް ސަރުކާރު ބަންދުވާނެ އެވެ.


