މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން މައްސަލަ ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މައްސަލައަށް އެމްޑީޕީން ވަނީ ތަދައްހުލުވެފަ އެވެ.
އެ މައްސަަލަ ހުށަހެޅި ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުވެސް ކުރައްވައިފައެވެ.
އެ މައްސަަލަ ހުށަހެޅި ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުވެސް ކުރައްވައިފައެވެ.
އަލީ ހުސެއިން ހުށަހެޅުއްވި އެ މައްސަލައަށް އެމްޑީޕީން ވަނީ ތަދައްހުލުވެފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ބަލާ މައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔެ ވަނީ ބާއްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރުގެ މެންބަރުންނަށް ނުހިނގާ ގޮތަށް ހަދައިދިނުމަށާއި އެ އިސްލާޙް ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ޤާނޫނީ ވަކީލް ޢަލީ ޙުސައިން ހުށައެޅުއްވި މައްސަލަ އަކީ އެކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ދަޢުލަތުގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގައި ވިދާޅުވެއެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފުލްބެންޗުން މިއަދު ނިންމަވާފައިވަނީ މައްސަލަ ކުރިއަށް ގެންދިއުމަށާއި ދަޢުލަތުން ފާހަގަ ކުރަށްވާ ނުކުތާއާމެދު ވަކި ގޮތެއް ކަނޑައަޅާނީ މުޅި މައްސަލައިގެ ނިންމުމުގައި ކަމަށެވެ.
“މަޝްވަރާއަށްފަހު ފަނޑިޔާރުން ނިންމަވާފައިވަނީ މައްސަލަ ކުރިޔަށް ގެންދިއުމަށް. އަދި މި މައްސަލާގައި ހުށައެޅުނު އިޖުރާއީ އިއުތިރާޒާމެދު ފަނޑިޔާރުން ދެކެވަޑައި ގަންނަވާ ގޮތް މައްސަލަ ނިންމުމުގައި ހިމެނުމަށް.” އުއްތަމަ ފަނޑިޔާރު ޑރ. މުއުތަސިމް އަދުނާން މިއަދު ވިދާޅުވިއެވެ.
އަދި މި މައްސަަލައަށް ޖަވާބުދާރީވުމަށް ދައުލަތަށް ފަނޑިޔާރުންގެ ބެންޗުން ވަނީ 10 ދުވަސް ދީފައެވެ.
އެ މުއްދަތު އެރުވުމަށް ފަހު މިއަދުގެ ޝަރީއަތުގެ މަޖިލިސް ވަނީ ނިންމަވާލައްވާފަ އެވެ. މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ތާރީހެއް އިއުލާނުކުރައްވާފައެއް ނުވެ އެވެ.


