Tuesday, 28 July 2026

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ލަންކާއަށް

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލު މިއަދު ލަންކާއަށް ފުރާ ވަޑައިގެންފިއެވެ.

އެކަން ހާމަކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހަލީލް، ލަންކާ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ ފޮރިން އެފެއާޒް, އެމްޕްލޯއިމަންޓް އެންޑް ޓުއަރިޒަމް މިނިސްޓަރު އެޗް.އެމް ވިޖިތާ ހެރަތުގެ ދައުވަތަކަށް ކަމަށެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޚަލީލް ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އަދި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވާކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި ލަންކާގައި ދިރިއުޅޭ ދިވެހިންނާ މިނިސްޓަރު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ލަންކާގެ ޕްރައިވެޓް ސެކްޓަރއާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުންވެސް މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވެ އެވެ.

މިނިސްޓަރ ޚަލީލު ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުالله ދީދީވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *