Tuesday, 28 July 2026

އިހުތިޖާޖުގައި ބައިވެރިވި 3 ޑްރައިވަރުންނަށް ދައުލަތުން ދައުވާކޮށްފި

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބައިވެރިވި 3 ޑްރައިވަރުންނަށް ދައުލަތުން ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު އާންމުކުރި ގޮތުގައި ތިން ޑްރައިވަރުންގެ މައްޗަށް ކުރި ދައުވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މި މަހުގެ 5 ވަނަ ދުވަހު ވަނީ ހުށަހަޅައިފަ އެވެ.

މި އިހުތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރު ކުރީ:

  • މުޙައްމަދު ޝާމިން، 39އ، މއ. ވިރާހު، މާލެ
  • އަހުމަދު ޝަބީން، 33އ، ސަންރޭ، ލ. ދަނބިދޫ
  • ނުއުމާން އަހުމަދު، 36އ، ހޮލިޑޭވިލެޖް، ހދ. ކުމުންދޫ އެވެ.

ޓެކްސީ ޑްރައިވަރުން އެފަހަރު ހުޅުމާލޭގައި އިހްތިޖާޖުކުރީ ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށަން އުޅޭތީ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

މި ތިން ޑްރައިވަރުންނަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ކުރާ ތުހުމަތުތަކަކީ:

  • ހުޅުމާލެ ނިރޮޅުމަގު އެމްޑަބްލިއުއެސްސީ ކައިރިން އުޅަނދުތަކަށް ނުދެވޭނެހެން ކާރުތަކެއް ބޭނުންކޮށްގެން އެ މަގު ބަންދުކުރުމުގައި ބައިވެރިވުން
  • މި މީހުން ޓެކްސީ ކުރުމަށް ބޭނުންކުރާ ކާރުތައް ނިރޮޅުމަގުގައި ހުރަހަށް ބާއްވައި، އެ މަގުގެ އެއް ލޭނު ބަންދުކޮށްފައިވޭ
  • ފުލުހުން އެ ސަރަހައްދަށް ހާޒިރުވެ މަގު ބަންދުކޮށްގެން ތިބި ފަރާތްތަކަށް  ސަރަހައްދު ދޫކޮށް ދިއުމަށް ނަސޭހަތްތެރިވެ އެންގުމުން އެކަމަށް އިންކާރުކޮށް ދެކޮޅު ހެދުން
  • މަގުމަތި ބެލެހެއްޓުމަށް ފުލުހުންނަށް އޮންނަ ގާނޫނީ ޒިންމާތަކަށް ހުރަސް އެޅުމާއި ހުޅުމާލޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ހުރަސް އެޅުމެވެ.

އެ ގޮތުން މި ތިން މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާ ސާބިތުވެއްޖެނަމަ، ހަތަރު މަހާއި 24 ދުވަހުގެ މުއްދަތެއްގެ ޖަލު އަދަބެއް އަންނާނެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *