Tuesday, 28 July 2026

އުފަންރަށުގައި ޤާސިމް މިސްކިތެއް ބިނާކޮށްދެއްވައިފި

ރާއްޖޭގެ މަޝްހޫރު ވިޔަފާވެރިޔާ ގާސިމް އިބްރާހީމް އޭނަގެ އުފަން ރަށް، އދ. މާމިގިލީގައި ބިނާކޮށް ދެއްވި މިސްކިތް ހުޅުވައިފި އެވެ.

މާމިގިލީ ކައުންސިލުން ވިދާޅުވީ މި މިސްކިތް ބިނާކޮށްފައިވަނީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި މިސްކިތް ބިނާކުރުމަށް ހޭދަވީ 57 ދުވަސް ކަމަށެވެ. މިސްކިތުގެ ބިންގާ އަޅާފައިވަނީ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ބިނާކޮށް ދެއްވި "މަސްޖިދު ޒިކުރާ" ހުޅުވީ އިއްޔެ މަޢުރިބް ނަމާދަށެވެ މިސްކިތް ހުޅުވައި ދެއްވީ ވެސް ގާސިމެވެ.

ޤާސިމް އިބްރާހީމްގެ ޚަރަދުގައި މާމިގިލީގައި އިތުރު ދެ މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، އަރިއަތޮޅުގެ އެކި ރަށްރަށުގެ މިސްކިތްތައް ބިނާ ކުރުމަށާއި މަރާމާތުކުރުމަށް ޤާސިމް އިބްރާހީމް ގެންދަވަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. ޤާސިމް އިބްރާހީމް ވަނީ އއ. ތޮއްޑޫގައި ވެސް މިކިތެއް ބިނާކޮށްދެއްވާފައެވެ.

މާމިގިއްޔަކީ އާބާދީގައި 2،000 އަށްވުރެ ގިނަ މީހުން އުޅޭ ރަށެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *