ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދަން މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ބަދަލު ގެނައުމަށް ގަވާއިދަށް އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުﷲ ރިފާއުއެވެ. އެ އިސްލާހު ދިރާސާ ކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހުއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ގޮެތެއް ނިންމުމަށް މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ރިފާއު ހުށަހެޅުއްވި ގޮތަށް ގަވައިދު ބަދަލުކުރަން ވަނީ ފާސްކޮށްފަ އެވެ.
ރިފާއު އިސްލާހު ހުށަހެޅީ މަޖިލީހުގެ ދައުރު ބެހިފައިވާ ގޮތް ބަޔާންކުރާ ގަވާއިދުގެ 24 ވަނަ މާއްދާއަށެވެ.
އެ މާއްދާގައި މިހާރު އޮންނަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެއަށްފަހު އެ އަހަރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ދިއުމަށެވެ.
އިސްލާހުގައި ވާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ޖެނުއަރީ 1 އިން އެ މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލް 1 އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ އިރު ތިންވަނަ ދައުރު ކުރިއަށް ދާނީ ސެޕްޓެމްބަރު 1 އިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް ބުނެފައިވެ އެވެ.
ރިފާއު ފާހަގަކުރައްވާފައިވާ ގޮތުގައި ފުރަތަމަ ދައުރު ޖެނުއަރީގެ ނިޔަލަށް ހިނގާނެ ކަމަށް ބަޔާންކޮށްފައި އޮތަސް މި އަހަރުގެ މިހާރު ހިނގަމުންދާ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށެވެ.
މެންބަރު ރިފާއު ހުށަހެޅުއްވި ގޮތަށް އިތުރު ބަދަލެއް ނުގެނެސް އިސްލާހުތައް ވަނީ 6 މެންބަރުންނެވެ. ދެކޮޅު ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.


