Tuesday, 28 July 2026

ރޯދަ މަހަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން އިސްލާހެއް ހުށަހަޅައިފި

ކުރިއަށް ރޯދަ މަސް އޮތުމަ އެކު މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލަން އިސްލާހެއް ހުށަހަޅައފި އެވެ.

މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް އެދި އެ އިސްލާހު މިއަދުގެ މަޖިލިސް ޖަލްސާއަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއުއެވެ.

އިސްލާހުގައި ވާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ޖެނުއަރީ 1 އިން އެ މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލް 1 އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ އިރު ތިންވަނަ ދައުރު ކުރިއަށް ދާނީ ސެޕްޓެމްބަރު 1 އިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް ބުނެފައިވެ އެވެ.

އާންމުކޮށް ރޯދަމަހު މަޖިލީހުގެ ޖަލްސާތައް ބޭއްވި ނަމަވެސް ޖަލްސާއެއްގެ ދިގުމިނަކީ ދެ ގަޑިއިރެވެ.

މި އިޞްލާޙު ފާސްވެއްޖެނަމަ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރު ހިނގާނީ އެ އަހަރުގެ ފެބްރުވަރީ މަހުގެ ނިޔަލަށެވެ. އަދި އެ އަހަރުގެ ދެވަނަ އަދި ތިންވަނަ ދައުރު ހިނގާނީ އައު އިޞްލާޙާ އެއްގޮތަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *