Tuesday, 28 July 2026

ވޯލްޑް ގަވަރމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ދުބާއީއަށް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ދުބާއީއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ މި މަހުގެ 11 އިން 13 އަށް ދުބާއީގައި ބޭއްވޭ ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ނައިބު ރައީސް ދުބާއީއަށް ޖެއްސެވުމުން މަރުޙަބާ ދެންނެވީ ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް އެންޑް އެމިރެޓައިޒޭޝަން އަދި އެކްޓިންގ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އެންޑް ސައިންޓިފިކް ރިސާރޗް، ޑޮކްޓަރ ޢަބްދުލްރަޙްމާން ޢަބްދުލްމަންނާން އަލް އައްވާރުއެވެ.

"ޝޭޕިންގ ފިއުޗަރ ގަވަމަންޓްސް" މި ޝިޢާރުގެ ދަށުން ބޭއްވޭ މި ސަމިޓްގެ މަޤްޞަދަކީ ސަރަޙައްދުގެ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، ވަކިވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލުތައް ހޯދުމެވެ.

މި ސަމިޓްގައި ނައިބު ރައީސް މޫސުމީ ބަދަލުތަކާ ބެހޭ ފޯރަމްގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެމަނިކުފާނު ސަމިޓްގެ ބައެއް ބައިވެރިންނާއެކު ބައްދަލުވުންތައް ބޭއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *