Tuesday, 28 July 2026

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހަސަން ޝަކީލް ނިޔާވެއްޖެ

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) ގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޝަކީލް ނިޔާވެއްޖެ އެވެ.

މެރިން ރިސާޗްގެ ދާއިރާއަށް 40 އަށްވުރެ ގިނަ އަހަރު ހިދުމަތް ކޮށްދެއްވި ޝަކީލް ނިޔާވިއިރު އުމުރަކީ 64 އަހަރެވެ.

ޝަކީލް ނިޔާވުމާ ގުޅިގެން އެ އިންސްޓިޓިއުޓުން ކުރި ތައުޒިޔާގެ ޕޯސްޓުގައި ބުނީ އޭނާއަކީ މެރިކަލްޗާ ކުރިއެރުވުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ އަދި ދާއިރާގައި ފާހަގަކުރެވޭ ބޭފުޅެއް ކަމަށެވެ.

މެރިކަލްޗާ ދާއިރާއިން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ޝަކީލަކީ މެންޓާއެއްގެ އިތުރުން ބައްޕައެއްގެ ގޮތުގައި އެ އިންސްޓިޓިއުޓުގެ މުވައްޒަފުން ދެކޭ ފަރާތެއްކަން ފާހަގަކޮށްފައިވެ އެވެ.

ޝަކީލް ނިޔާވުމާއި ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މަސްވެރިކަމާއި، ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށެވެ.

އަދި ޝަކީލަކީ މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރުފުޅު ގަދަ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *