ހުޅުމާލޭގައި ކޯރާޑިއަކުން މާރާމާރީއެއް ހިންގުމަށް ފަހު، ފިލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފިލައިގެން މާލެ ދާން އުޅެނިކޮށް ހައިވޭ މަތިން ހިފަހައްޓައި ރޭ ހައްޔަރުކޮށްފިއެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 11:35 ހާއިރު އެވެ. އެ ހާދިސާ ހިނގާފައި ވަނީ ރެހެންދި ޓާފް ދަނޑު ކައިރީގަ އެވެ. އެގޮތުން ކޯރާނޑީއަކުން ހަމަލާ ދިނީ އެ ސަރަހައްދުގައި މަޑުކޮށްގެން ހުރި މީހަކަށެވެ.
މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ބުނީ، މާރާމާރީގައި ކޯރަޑިއަކުން ހަމަލާދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ފިލައިގެން މާލެ ދަނިކޮށް ހުއްޓުވީ ހައިވޭމަތިން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ގދ ފިޔޯރީ ހީނާމާގޭ، ރުސްތުމް އިބްރާހިމް، 25، އާއި ބ. ހިތާދޫ ސްޓާ، އަބްދުالله ޒާހިދު ޒުބައިރު، 18، އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


