Tuesday, 28 July 2026

އެމްޕީއެލްގެ އެމްޑީ އަދި ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ރިޝްވާނު އައްޔަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށާއި ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ހ. ހަބަރުގެ، މުޙައްމަދު ރިޝްވާނު، މިއަދު އައްޔަނުކުރައްވައިފިއެވެ.

ރިޝްވާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވެވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް ރިޝްވާން ފުރުއްވި އެވެ.

މީގެ އިތުރުން، ރިޝްވާން ވަނީ މީގެ ކުރިން އައިޖީއެމްއެޗްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައެވެ.

އެމްޕީއެލްގެ އެމްޑީކަމުގައި މީގެ ކުރިން ހުންނެވި މުހައްމަދު ވަޖީހު އިބްރާހީމް އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ވަޖީހު މަގާމުން ވަކި ކުރި ސަބަބެއް ޕީސީބީއިން ހާމައެއް ނުކުރެ އެވެ. އެ މަގާމަށް އޭނާ އައްޔަން ކުރީ ނޮވެމްބަރު 28، 2023، ގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *