ރާއްޖޭގައި ހިންދޫ ދީނުގެ އީދެއް ކަމަށްވާ "ޕޮންގަލް" ފާހަގަ ކުރަން އުޅެނިކޮށް، ފުލުހުން އެކަން ހުއްޓުވައިފިއެވެ.
ފުލުހުން ރޭ ބުނީ އެ ފެސްޓިވަލް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަމާ ގުޅޭ އިދާރާތަކުން އަންގާފައިވާ ކަމަށާއި އެކަން، އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތަށް މިހާރު އެކަން އަންގާފައިވާ ކަމަށެވެ. އަދި ހުއްދަ ނުލިބުމުން ފެސްޓިވަލް މިހާރު ކެންސަލްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އަދި އެ ފެސްޓިވަލް މިހާރު ކެންސަލް ކޮށްފައި ވާކަމަށް އިންތިޒާމު ކުރި ފަރާތުން މައުލޫމާތު ދޭ،" އެ ޕޯސްޓުގައި ވެއެވެ.
ފުލުހުން ބުނީ، މިފަދަ ހަރަކާތްތައް ކުރިއަށްގެންދާ ނަމަ ފުލުހުން އެކަންކަން ހުއްޓުވާނެ ކަމަށެވެ.
ޕޮންގަލްއަކީ ދަނޑުވެރިކަމުގައި ވަށައިގެންވާ ގުދުރަތީ ތަކެއްޗަށް ޝުކުރު އަދާކުރުމުގެ ގޮތުން ހިންދޫން ފާހަގަ ކުރާ އީދެކެވެ.
މި ފެސްޓިވަލް ރާއްޖޭގައި ފާހަގަކުރުމަށް ރާވާފައި އޮތީ އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ.


