Tuesday, 28 July 2026

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއެއް މަރުވެއްޖެ

ސިނަމާލެ ބްރިޖު ގުޅުވައިދޭ ހަލިމަގުގައި ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލެއިން މާލެއަށް އަންނަ ލޭންގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯންއެއްގައި ޖެހި އެކްސިޑެންޓެއްވެފައިވާކަން ހެނދުނު 8:19ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މިއަދު 9:00 ހާއިރު މަރުވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ހައިވޭގައި ބަހައްޓާފައި ހުރި ސޯލާ ޕެނަލްތަކުގެ މަސައްކަތްތައް ކުރާއިރު ކޯނު ބެހެއްޓުމަކީ އާންމު ކަމެކެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *