ރ. އަތޮޅުގައި ހިންގަ ރިސޯޓެއްގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފަކު ސްނޯކްލިން އަށް ގޮސްއުޅެނިކޮށް ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އިން ފޮނުވި މެސެޖެއްގައި ބުނީ، އެ މުވައްޒަފު އިއްޔެގެ މެންދުރުފަހު 3:35 ހާއިރު ގެއްލިގެން އެ ދުވަހުގެ ހަވީރު 4:09 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އިންޑިއާގެ 25 އަހަރުގެ އާފްތާބު ޚާން ކިޔާ ފިރިހެނެއް ކަމަށެވެ.
އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.


